ނޮވެމްބަރ 25, 2024

ތައިލެންޑުގައި ހުންނަ ދިވެހި ސަފީރަކަށް ފުއާދު އައްޔަންކުރަނީ

އީސީގެ ރައީސް ފުއާދު ތައުފީގު:

ރާއްޖެއިން، ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ކުރީގެ ރައީސް ރައީސް ފުއާދު ތައުފީގު އައްޔަންކުރައްވަން އޭނާގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުއާދުގެ ނަން ފޮނުއްވިކަން ވަނީ އިއުލާންކުރައްވައިފަ އެވެ. އެ މައްސަލަ މިއަދު ހާރިޖީ ކޮމިޓީއަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އެ ކޮމިޝަނުގެ މެމްބަރު ކަމަށް ފުއާދު އައްޔަނު ކުރީ ނޮވެމްބަރު 24، 2019 ގަ އެވެ. ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު އީސީގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.

ފުއާދަކީ މީގެ ކުރިން ވެސް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން 2008 ވަނަ އަހަރު އެންމެ ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ބޭއްވިއިރު ވެސް ފުއާދު އެ ކޮމިޝަނުގައި ހުންނެވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ހޮވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް އެ މަޖިލީހަށް ނަން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.