ކ. ހިންމަފުށީގައި ސްޓެލްކޯއިން އަލަށް ގާއިމުކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ބޭނުން ކުރަން ފަށައިފި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެ މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ މިހާރު ވަނީ އެނަޖައިޒްކޮށް މިހާރު ކަމިޝަން ކޮށްފައި ކަމަށެވެ.
މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގާގެ ސަބަބުން ހިންމަފުށިއަށް ދިމާވަމުންދިޔަ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ އަލަށް އާބާދުވަމުންދާ ސަރަހައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކޮށް، ކަސްޓަމަރުންނަށް ހިދުމަތް ލިބިދިނުމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ކުޑަ ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އާ ވިއުގާ ނިޒާމާ އެކު، ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަނެއް ގާއިމުކޮށް، ޑިސްޓްރިބިއުޝަން ކެޕޭސިޓީއަށް 1.5 އެމްވީއޭ އިތުރުކުރެފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ގުޅުންހުރި
ސްޓެލްކޯގެ ވައުދު ފުއްދަން ހަފުތާ ބަންދުގައި ވެސް ގަސް އިންދަން ނުކުންނަނީ
މައާފަށް އެދި ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު ކެނޑުނީ މާލެ-ހުޅުމާލެ ގްރިޑަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ
މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން 1 ވަނަ ސްޓެލްކޯއަށް
ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި: