ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޭރުން މޫދުގައި އަނިޔާވެފައި އޮއްވައި ފެނުނު މީހާ މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުމުރުން 55 އަހަރުގެ އެ ދިވެހި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާއަށް އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.



