މާލޭގެ ގެއަކުން ވައްކަންކުރަނިކޮށް ފުލުހުން އައުމުން ފުލުހުންނަށް ފިލަން ގޭގެ އަލަމާރި ތެރެއަށް ވަދެ އޮއްވައި ވަގު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކުރި ހދ. ކުޅުދުއްފުށީ، ސީސަންވިލާ، އާދަމް މުހައްމަދު ފިލަން އަލަމާރި ތެރެއަށް ވަދެ އޮތީ ބޮލުގައި ކޮތަޅެއް އަޅައިގެންނެވެ.
އާދަމް މުހައްމަދު ހައްޔަރުކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ ގެއަކަށް ވަދެ ވައްކަން ކުރީ ދަންވަރު ކަމަށެވެ. އޭނާ އެ ގެއަށް ވައްކަން ކުރަން ވަންނަ މަންޒަރާއި، ގޭތެރޭގައި ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީ ސްނެޕްޝޮޓްތަކުން ފުލުހުން ވަނީ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފަ އެވެ.
އޭނާ ވަގަށް ނަގައިފައިވަނީ 15،000 ރުފިޔާއަށްވުރެ އަގުބޮޑު ދެ ފޯނެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާ ހައްޔަރުކުރަން ދިއުމުން، އޭނާ ދިރިއުޅޭ ގޭގެ އަލަމާރިތެރެއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެން ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އާދަމްގެ ބަންދަށް މުއްދަތު ޖަހަން ގެންގޮސް ވާހަކަ ދައްކަން ފުރުސަތު ދިނުމުން ”އަވަސް ކޮށްލަދޭށޭ… ހަނު ބަޔާނެއް ދޭށޭ…“ ބުނެ، ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އަމުރުގައިވެ އެވެ.
ކޯޓުން، އާދަމް މުހައްމަދުގެ ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި