ރާއްޖެއިން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން އެއާޕޯޓުން ޓެކްސްއާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުރިހާ ޓެކުހެއް ވެސް، ބޮޑުކުރާ އަދަދުތަކަށް އެއްވެސް ބަދަލެއް ނުގެނެސް ހުށަހެޅި ގޮތަށް ބޮޑުކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޫބަރު 31 ގައެވެ. މިއީ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހެކެވެ.
ޓެކުހަށް ގެނައި ބަދަލުގެ ތެރޭގައި، ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނަގަމުން އައިސްފައިވާއިރު، ދެން އެމީހުންގެ އަތުން ނަގާނީ 50 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރެއްގެ އަތުން މީގެކުރިން 50 ޑޮލަރު ނެގިނަމަވެސް، ދެން ނަގާނީ 120 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު ނަގަމުން އައިނަމަވެސް، ދެން އެމީހުންގެ އަތުންނަގާނީ 240 ޑޮލަރެވެ. މީގެއިތުރުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރު ނަގަމުން އައިނަމަވެސް، މީގެފަހުން ނަގާނީ 480 ޑޮލެވެ.
ނަމަވެސް، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުން ނަގަމުން އައި ފީއަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ނިމުނު އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން 97.8 އިންސައްތަ ދިވެހިން ދަތުރުކުރީ އިކޮނޮމީ ކްލާހުގަ އެވެ. އަދި ރާއްޖެއައި ބިދޭސީންގެ 90.2 އިންސައްތަ ދަތުރުކުރީ އިކޮނޮމީ ކްލާހުން ކަމަށް މީރާއިން ބުންޏެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މީރާއަށް 65.5 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިމުއްދަތަގައި ލިބިފައިވަނީ 64.1 މިލިޔަން ޑޮލަރެވެ.
ޓެކުހާއި ފީއަށް އަލަށް ގެނައި ބަދަލާއެކު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ވަނީ އިންދާޒާކޮށްފަ އެވެ.
6 Comments
ގުޅުންހުރި
ޓެކްސް ބޮޑުކުރާ ބިލުތައް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ގާސިމް އިންތިހާބުކޮށްފި
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު އަތުލައިގެންފި
އެއާޕޯޓްގެ މުވައްޒަފުންތަކެއް ގައިގައި ޖަހައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ
ވެލާނާ އެއާޕޯޓުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް އާރުޑީސީއާ ހަވާލުކޮށްފި