ހުޅުމާލޭ ފަޅުތެރޭގައި މަރުވެފައިވާ އޮއްވާ އިއްޔެ ފެނުނު ހަށިގަނޑަކީ މ. މަޑުއްވަރީ މަސްވެރިއެއްގެ ހަށިގަނޑުކަން އެނގިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނިފައިވަނީ، މަޑުއްވަރީ ކޮކޮނަޓްވިލާ، އިބްރާހިމް ޖިނާހު، 36 އެވެ.
އެނގިފައިވާ ގޮތުގައި އެއީ މަޑުއްވަރީއަށް ނިސްބަތްވާ މަސްވެރިއެކެވެ. އިބްރާހިމް ޖިނާހު މަރުވެފައި އޮއްވާ ފެނުނު ދުވަހުގެ ކުރީ ރޭ ، ދޯނީގައި ހުރެފައި، މަސްވެރިކަމާ ގުޅުން ހުރި ބައެއް މައުލޫމާތު ހޯދުމަށް މަޑުއްވަރީ މީހުންނަށް ގުޅިކަމަށް ބައެއް މީހުން ވަނީ މީނުހަށް މައުލޫމާތު ދީފަ އެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އިބްރާހިމް ޖިނާހުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ މަރުގެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިބްރާހިމް ޖިނާހުގެ ހަށިގަނޑުގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.




ގުޅުންހުރި
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ