އަންނަ އަހަރަކީ ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރު ތެރޭގައި ކުރިއަށްގެންދާނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ހިންމަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން ފެށިގެންދާނެ އުފާވެރި މަންޒަރުތައް ފެންނާނެ ބަޖެޓެއް ކަމަށެވެ.
އެގޮތުން އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ތަރުތީބެއްގެ ތެރެއިން ކަމަށާއި އެންމެ އިސްކަންދޭނެ ކަމަކީ ގެދޮރުވެރިކަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް އެއް އަހަރެއްގެ ތެރޭގައި ކުރިއަށް ގެންދެވޭ އަހަރަށް އިރާދަކުރެވިއްޔާ 2025 ވާނެ، އަޅުގަނޑު ވާނީ ވަރަށް ގިނަ ރަށްރަށުގައި ގެދޮރުގެ މަޝްރޫއުތައް ހިންގުމަށް ވައުދުތަކެއް އިންތިހާބުގައި ވެފައި،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ގެދޮރުވެރިކަމަށްފަހު ދެން އެންމެ އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކުރިއެރުން ގެނެސްދޭނެ މަޝްރޫއުތަކަށް ކަމަށާއި އެއަށްފަހު ފެނާއި ނަރުދަމާ އަޅަންޖެހޭ ރަށްރަށުގައި އެކަން ކުރުން އަދި އެކަން ނިމިފައި ހުރި ރަށްރަށުގެ މައި މަގުތައް ހެދުން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު