ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަދުރު ރާއްޖެ ގެނެސް، މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ. އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ފުރަތަމަ ހަފުތާގެ ތެރޭގައި ކަދުރު ބަހަ އެވެ. ނަމަވެސް މިދިޔަ އަހަރު ކަދުރު ބަހަން ފެށީ ރޯދަމަސް ނިމެން ގާތްވެފައި ވަނިކޮށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުދީގެ ސަރުކާރުން ކޮންމެ އަހަރަކު ރޯދަމަހަށް ދެެއްވާ 50 ޓަނުގެ ކަދުރު ރާއްޖެ އައިސް، މިނިސްޓްރީ އަށް މިހާރު ލިބިފައިވާ ކަމަށެވެ.
އަދި ރޯދަމަހުގެ ކުރިން ކަދުރު ބަހައި ނިންމާނެ ކަމަށާއި މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފުތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި އަހަރު ކަދުރު ބަހާނެ ގޮތެއް އިސްލާމިކް މިނިސްޓްރީން އަދި ނުނިންމަ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި