ރާއްޖެއިން ޗައިނާއަށް ކަނޑައަޅެއްވި ސަފީރު ޑރ. ފަޒީލް ނަޖީބް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް އަރުވައިފި އެވެ.
ފަތްކޮޅު އެރުވީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ފަތްކޮޅު އެރުވުމަށްފަހު ފަޒީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ރައީސް ޝީ އަށާއި ޗައިނާގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ވެދުމާއި ސަލާން އަރިސްކުރައްވާފައި ކަމަށެވެ.
ސަފީރުގެ މަގާމާ ފަޒީލް ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް ޝީ ތަހުނިޔާ ދަންނަވައިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެ އާއި ޗައިނާ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ޝީ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާއި ޗައިނާ ސިޔާސީ ގުޅުން ގާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ސަފީރު ފަޒީލްއަކީ ރާއްޖެއިން ޗައިނާއަށް ކަނޑައެޅި 5 ވަނަ ސަފީރެވެ.




ގުޅުންހުރި
ތިން މިނިސްޓްރީއެއްގައި ރޯވުން: ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އެހީއެއް
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
ލަންކާއަށް އެހީވާން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ދެނީ
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް