އިހުތިޖާޖުގައި ބައިވެރިވި ކަމަށް ބުނެ ފުލުހުން ޓޯކުރި ބައެއް ޓެކްސީތަކުގެ ތެރޭގައި އެ އިހުތިޖާޖުގައި ބައިވެރި ނުވާ ޓެކްސީތައް ވެސް ހިމެނޭ ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއްޔެ ބުނެފި އެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ފަށަން އުޅޭ ޓެކްސީ ލައިނާ ދެކޮޅަށް ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވީ ޓެކްސީ ޑްރައިވަރުން ބާއްވާފައިވަނީ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ. ސުލްހަވެރި އެ އިހުތިޖާޖުގެ ތެރެއިން ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ޓެކްސީ ޑްރައިވަރުން ބްލޮކް ކުރި ކަމަށް ފުލުހުން ބުންޏަސް، އެއީ ހަގީގަތް ނޫން ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.
”އިހުތިޖާޖު ނިންމާލުމަށް ފަހު ޓެކްސީ ޑްރައިވަރުން ގެއަށް އަދި ދަތުރުކުރަން ދިޔަ މަގުމަތީގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ހައިވޭއާ ދިމާލުން ވަނީ ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވެގެން ގޮސްފަ އެވެ،“ ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.
އާންމުންނަށް ދަތިވާ ގޮތަށް މަގުތައް ބަންދުކުރުމަކީ އެ ޖަމިއްޔާއިން އެއްވެސް ވަރަކަށް ތަރުހީބު ދޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އެއްވެސް އިހުތިޖާޖު ތެރެއިން ހިނގާފައި ނުވާ ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.
އެ އިހުތިޖާޖުގައި ބައިވެރިވި ޑްރައިވަރުންނާއި އިހުތިޖާޖުހައި ބައިވެރި ނުވާ ގިނަ އަދަދެއްގެ ޓެކްސީތައް ވެސް ޓޯކުރުމުގެ ސަބަބުން ޑްރައިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. ބައެއް ޓެކްސީތައް ހިފެހެއްޓި ސަބަބުން ވެސް ފުލުހުން އަދިވެސް ޑްރައިވަރުން އަންގާފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ގުޅުންހުރި
ބުރިޖަށް ނޭރޭ ގޮތަށް މަގު ބްލޮކު ކުރި މައްސަލަ: 3 މީހަކު