ޑިސެމްބަރ 22, 2024

ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުނަށް އުނދަގޫވާ ގޮތަށް މަގުތަކުގައި އެއްޗެހި ނުބަހައްޓަން އެދެފި

މާލެ ސިޓީގެ މަގުތައް ބޭނުންކުރާ މީހުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާގޮތަށް، މާލެ ސިޓީގެ މަގުތަކާއި ގޯޅިތަކުގައި، ޕެލަޓާއި އަދި އެ ނޫން ވެސް ބާ ސާމާނާއި ކުންޏާއި، ކުނިވާ ބާވަތުގެ ތަކެތި ބަހައްޓަމުންދާކަން ފާހަގަ ކުރެވިގެން، އެ ކަން އެ ގޮތަށް ނުކުރުމަށް، މާސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

16 ޑިސެމްބަރ 2024 ގައި، މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، 22 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 18.00 ގެ ކުރިން، މާލެ ސިޓީގެ މަގުތަކާއި ގޯޅި ތަކުގައި ބަހައްޓާފަ ހުރި، ޕެލެޓާއި ބާ ތަކެއްޗާއި އަދި އެ ނޫން ވެސް ތަކެތި ނެގުމަށް އަންގާފައެވެ. މި މުއްދަތު ހަމަވާއިރު ނު ނަގައި ހުރި ތަކެތި، މާލެ ސިޓީ ކައުންސިލުން ނަގާނެ ކަމާއި އަދި އެ މުއްދަތު ހަމަވާއިރު ނުނަގާ ހުރި ތަކެތި ބެހެއްޓި ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެކަން އެ ބަޔާނުގައި ވެއެވެ.

މާލެ ސިޓީއަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އަދި އެންމެ ގިނަ އެއްގަމު އުޅަނދު ދުއްވާ ސިޓީއަށް ވުމުން، މަގު މަތީގައި ޕެލެޓާއި ކުންންޏާއި އަދި އެ ނޫންވެ ވެސް މި ފަދަ ތަކެތި ބެހެއްޓުމުން، ހިނގާބިގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާތީ، މާލެ ސިޓީގައި ދިރިއުޅޭ މީހުން، އަބަދު ވެސް ޝަކުވާ ކުރަމުންދެއެވެ. މާލެ ސިޓީގެ މޭޔަރުކަމާ، މިހާރުގެ މޭޔަރ އާދަމް ޢާޒިމް ހަވާލުވެ ވަޑައިގެންނެވި ފަހުން، މާލެ ސިޓީއަށް ކުރިމަތިވެފައިވާ، މި ފަދަ ގިނަ މައްސަލަތައް ޙައްލުކޮށް، މާލެ ސިޓީއަކީ އަމާން ސާފު ރައްކާތެރި ސިޓީއަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

1 Comment

  • Nasreena Usman ޑިސެމްބަރ 18, 2024

    Dhuvaaru mathi furaalaafa bayeh magu thah . Cyc thah park koffa hunna gothun geyah nuva dhevey . Park kuraane than hadhaafa magu thah hus koh bala . Mi rah cycle factory ekey eh goiy viyya . Oh valhu gondi gina magu thah . Verin thibee fini kotareega adhives .

Leave a Reply