ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، އެ ދަރިވަރުން ގްރޫމްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރު ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުން މީގެ ކުރިން ބުނީ އެ މައްސަލަ އެ އިދާރާއަށް ރިޕޯޓް ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ އޮކްޓޯބަރު 27ވަނަ ދުވަހެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރަން މުއްދަތު ޖެހިއެވެ. އެފަހުން 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއެވެ.
ފުލުހުން މިއަދު ބުނީ، އިއްޔެ އޭނާގެ ބަންދު މުއްދަތު ހަމަވެފައިވާއިރު، މިއަދު އޭނާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލައިފައިވާ ކަމަށެވެ.
މީގެ ކުރިން ފުލުހުން ވަނީ އެ މައްސަލައިގައި ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީއަށް ފޮނުވާފައި ވާކަމަށް ބުނެފައެވެ.




ގުޅުންހުރި
ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް, ތުހުމަތު
ބަނގުރާ ބޮއެގެން ދަރިއަކަށް ޖިންސީ އަނިޔާކުރި މަންމަ ހައްޔަރުކޮށްފި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެހި ޓީޗަރަކު