ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވަނީ މިއަދު ކަމަށެވެ.
މިމަހުގެ 14 ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކުއްޖާގެ މަރުގެ ރިޕޯޓް ލިބިފައިވަނީ މިމަހުގެ 14 ގައި ކަމަށެވެ.
އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން އެ ދުވަހު ބުންޏެވެ.
އާންމުންގެ މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެ ކުއްޖާ މަރުވެފައިއޮއްވާ ފެނުނީ 13 ޑިސެމްބަރު ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ގެއެއް ކައިރީގައި ކަމަށާއި މަރުވެފައި އޮތްއިރު ތުއްތު ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ.
އަދި ކުއްޖާގެ މަރުގައި ޝައްކު އުފެދޭ ކަމެއް ހުރުމުން މާލެ ގެނެސް ޓެސްޓުތައް ހެދުމަށްފަހު މިހާރު އޮތީ މޯޗަރީގައި ބާއްވާފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ގާސިމްގެ އާއިލާއަށް ނުގުޅަން އޭނާގެ ގާތިލު އަދުހަމަށް އަންގައިފި
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި