ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެޗްޑީސީން ކުއްލި ޕްރެސްއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިކަން ފަޅާއެރީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް އެޗްޑީސީން މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީގައި އެދުމުންނެވެ. ނަމަވެސް އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް މިއަދު ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.
އެ މައްސަލަ ފެންމަތިވުމުން އެޗްޑީސީން ވަނީ މިއަދު 7:30 ގައި ކުއްލި ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައި އެކަން ރައީސް އޮފީސް މެދުވެރިކޮށް މީޑިއާތަކަށް އަންގައިފަ އެވެ. ނަމަވެސް ބްރިޖު ބްލޮކް ވެގެން ޕީއެސްއެމްގެ ލައިވް ކުރޫއަށް އެޗްޑީސީއަށް ދެވޭ ގޮތް ނުވެގެން ޕްރެސް ކޮންފަރެންސް ވަނީ މިރޭ 8:30 އަށް ފަސްކޮށްފަ އެވެ.

1 Comment
ގުޅުންހުރި
އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީގެން އުޅޭ ފްލެޓް ވެރިންނަށް އެޗްޑީސީން
ފައްޔާޒަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލާގައި ސައުދުﷲ: ބަދަލު ދިނީ ދައުލަތަށް ފައިދާވާ
މިދިޔަ ވެރިކަމުގައި އެޗްޑީސީ ތެރެއިން 200 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ
ގައުމުދެކެ ލޯބިވާނަމަ އެމްޑީޕީގެ އެއްވުމަކަށް ނުދާނެ: ފަލާހު
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މާނު 12 އަހަރަށް ޖަލަށް!
ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށް