ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ރިސާޗް ފައުންޑޭޝަން އިފުތިތާހުކޮށްފި އެވެ.
އެ ރިސާޗް ފައުންޑޭޝަން އިފުތިތާހު ކޮށްދެއްވީ މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އެ ރަސްމިއްޔާތުގައި ފަހުމީ ވަނީ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް www.srf.mv ވެސް އިފުތިތާހު ކޮށްދެއްވައިފަ އެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ރިސާޗް ފައުންޑޭޝަންގެ މަގުސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އާ ހަރުފަތަކަށް ގެންދިއުން ކަމަށެވެ. އެގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ހޯދުމާއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ރިސާޗް ފައުންޑޭޝަން މެދުވެރިކޮށް ހޯދައި ދެވޭނެ ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ އެ ރިސާޗް ފައުންޑޭޝަންގެ އުއްމީދަކީ އެ ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތު ތައާރަފުކޮށް އަރުވާ ވާހަކަދައްކަވަމުން ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވައިސް ޗެއާޕާރސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ މެނޭޖިން ޑިރެކްޓަރު ފަހުމީގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ހަޔާތުގައި އަދި މަސައްކަތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގު ކޮށިގެންދާ އުފާވެރި ދުވަހެއް ކަމަށެވެ.
އެގޮތުން ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއް ކަމަށާއި ކުންފުނިން ފޯރުވައިދޭ ހިދުމަތްތަކުގެ ގޮތުން އެ ހިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އޭގެ ފައިދާ ސްޓެލްކޯއަށާއި މުޅި ގައުމަށްވެސް ލިބިގެންދާނެ ކަމަށެވެ.
ރައްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަނެއް އުފައްދަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެފަދަ މަސައްކަތެއް ކުރާނެ ގާބިލުކަމާއި ވަސީލަތެއް ސްޓެލްކޯގައި އެބަހުރި ކަމަށެވެ.
”މި ރިސާޗް ފައުންޑޭޝަން މެދުވެރިކޮށް މި ގައުމަށް، ގައުމުގެ ކުރިއެރުމަށް މުސްތަގުބަލަށް ކަންތައްތަކެއް ކޮށްދިނުން އެއީ މަގުސަދަކީ. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުން (ސްޓެލްކޯގެ މުވައްޒަފުން) ލައްވައި ގައުމަށް ހިދުމަތް ކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ގައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ“ ފަހުމީ ވިދާޅުވި އެވެ.




ގުޅުންހުރި
ޕަބްލިކް ލަޔަބިލިޓީ އިންޝުއަރެންސް; ވޯޓާސްޕޯޓްސް ސެންޓަރުތަކަށް ފުރިހަމަ ރައްކާތެރިކަން
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
މޯލްޑިވް ގޭސް އިން ގޭސް ޑެލިވަރީ ވަގުތު އިތުރުކޮށްފި: ރައްޔިތުންނަށް އިތުރު
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ