އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ސަސްޕެންޑުކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ފަޒީލް ސަސްޕެންޑުކުރީ އެޗްޑީސީއާ ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ، އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.
ފަޒީލް ސަސްޕެންޑުކުރީ، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުމަށް ޝަރުތު ހަމަނުވި ނަމަވެސް އޭނާއަށް ގޯތި ދީފައިވާ ބެލެވޭ ލިޔެކިޔުންތަކެއް އާންމުވި ފަހުންނެވެ.
ގޯތީގެ މައްސަލައާ ގުޅިގެން ޕީސީބީން ވަނީ ފަޒުލްއާއި އެޗްޑީސީގެ އެންމެ ބޯޑު މެންބަރަކު ފިޔަވައި ހުރިހާ ޑިރެކްޓަރުން ސަސްޕެންޑުކޮށްފައިވާކަން މިއަދު އާންމުކޮށްފަ އެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތެވެ. ނަމަވެސް އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.




1 Comment
ގުޅުންހުރި
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި
ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި