ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ފަޒީލްއާ ގުޅޭގޮތުން ކުރިއަށްގެންދަ ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ.
”މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް،“ ފުލުހުން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، ފަޒީލްގެ ނަން އޮއްވައި އޭނާއަށް ވަނީ ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފަ އެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި އެ ލިޔުންތަކުން އެނގޭ ގޮތުގައި، އެއީ ސައްހަ ރަޖިސްޓްރީތަކެއް ނޫނެވެ. ބިންވެރިޔާ ސްކީމުން ފަޒީލް އަށް ގޯތި ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން ވެސް އެޗްޑީސީއަށް އަންގައިފަ އެވެ.
އެހެންވެ އެ މައްސަަލައިގެ ތަހުގީގަށް ފުލުހުން ވަނީ އެޗްޑީސީ ބަލައިފާސްކޮށް ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ.
އެ ތަހުގީގު ކުރިއަށްދާތީ އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަގާމުން ފަޒީލް މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ޕީސީބީ މިއަދު ބުނީ ފުލުހުން ކުރިއަށްގެންދާ ތަހުގީގާ ގުޅިގެން އެޗްޑީސީގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.




2 Comments
ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ