ފުވައްމުލައް ސިޓީގެ ބޭރުން ކަނޑުމަތީގައި އޮތް ޑިންގީއަކުން ސޯމާލިއާގެ ބަޔަކު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ފެނިފައިވަނީ ސޯމާލިއާގެ ތިން މީހަކު ކަމަށެވެ. އެ މީހުން ފެނުނީ ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
”އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނު ގޮތުގައި މިއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ ސްކިފްއެއް. މި ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ތިން މީހުން ތިބި,“ އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
މިވަގުތު އެ މީހުން ތިބީ ފުވައްމުލަކުގެ ބަނދަރުގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ. އެ ތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އެންއެންޑީއެފުން ބުންޏެވެ.
1 Comment
ގުޅުންހުރި
ޑްރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރަމުންދާ ނެޓްވޯޓެއް ފުވައްމުލަކުން އަތުލައިގެންފި
ފުވައްމުލަކުން ގެއްލުނު ކުއްޖާ ފެނުނީ މީހަކު ނެތް ފުލެޓެއްގެ ތެރޭގައި ބަންދުވެ،
ބިއްލޫރި ޝީޓްތަކެއް ގައިމައްޗެއް ވެއްޓި ފުވައްމުލަކުގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ސަދާގެ މަރުގެ މައްސަލަ ކޯޓުން ބޭރުގަައި ހައްލުކުރުމުގެ ފުރުސަތު ދީފި
ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
މަހުލޫފުގެ ބޮޑު ތުހުމަތެއް: ނަޒޫއަށް ގޮނޑި ގެއްލުނީ ފައިސަލް އެންޓި ކެމްޕޭން