ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފި އެވެ.
ނިހާދު ސަސްޕެންޑުކުރިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކިހައި މުއްދަތަކައް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވަނީ ޕީންސީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެއައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ނިހާދު ރޭގެ ޖަލްސާގައި ވަނީ ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ޓެރަރިސްޓް ހަމަލައެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ނިހާދުގެ އެ ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.



