ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ކެބިނެޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.
މި ސަރުކާރުގައި ކުރިން 22 ވުޒާރާ ހިމެނެއެވެ. އެކަމަކު، ވަޒީރުންގެ މަޖިލީހަށް މިއަދު ގެނައި ބަދަލުތަކާ އެކު އެއް ވުޒާރާ އުވޭނެއެވެ. އުވުނު ވުޒާރާއަކީ ހައުސިން މިނިސްޓްރީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހައުސިން އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެއްކޮށްލައި، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރައްވައިފަ އެވެ. އަދި އެ ވުޒާރާގެ ވަޒީރަކަށް ޑރ. އަބްދުﷲ މުއްތަލިބު ހަމަޖައްސަވައިފަ އެވެ.
ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި ޑރ. އަލީ ހައިދަރު، ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމަށް ރައީސް ވަނީ އައްޔަންކުރައްވައިފަ އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް މާރިޔާ ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެޔާ މިނިސްޓަރުކަމަށް އައްޔަންކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އެއްކޮށްލެއްވުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް ބަދަލުކުރައްވައި އެ މިނިސްޓްރީއަށް މޫސާ ޒަމީރު ހަމަޖައްސަވައިފަ އެވެ.
މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ.
އެ ފަހަރު ގެންނެވި ބަދަލަކީ މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރެއްވުމާއި މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް ބަދަލުކުރެއްވުމެވެ. އަދި ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ޒަމީރު ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުންނެވެ.

ގުޅުންހުރި
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް
އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާ
ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން
ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވައި ދިރިއުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާ އެއްޗެއް: