މާލެ ސިޓީ ކައުންސިލަށް އިންޓާނަލް އޮޑިޓަރަކު ހަމަޖައްސައިފި އެވެ.
މާލޭގެ މޭޔަރުކަމާ އާދަމް އާޒިމް ހަވާލުވެވަޑައިގަތުމަށްފަހު، ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ، ކޮރޮޕްޝަނަށް މަގުފަހިނުވާ ގޮތަށް މާލެ ސިޓީ ކައުންސިލް ހިންގުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ކައުންސިލަށް އިންޓާނަލް އޮޑިޓަރަކު ހޯދުމަށް އިއުލާންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އެގޮތުން ދެ އަހަރުގެ މުއްދަތަށް އެ ކައުންސިލުގެ އިންޓާނަލް އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރޯ މޯލްޑިވްސް އެލްއެލްޕީ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 466،560 ރުފިޔާ އަށެވެ.
މިއީ މާލެ ސިޓީ ކައުންސިލުން އިންޓާނަލް އޮޑިޓަރެއް އައްޔަންކުރި ފުރަތަމަ ފަހަރެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލުގައި އިންޓާނަލް އޯޑިޓަރަކު މަސައްކަތް ކުރަން ފެއްޓުމުން ކައުންސިލް އިދާރާ އިން ތައްޔާރު ކުރަންޖެހޭ އެކިއެކި އިންޓާނަލް އޮޑިޓް ރިޕޯޓް ތައްޔާރުކޮށް އިތުރު މައުލޫމާތު، މާލޭގެ ރައްޔިތުންނާއި އަދި ގުޅުންހުރި މުއައްސަސާތަކާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.
އެކަމުގެ ސަބަބުން ނަހަމަ ނުފޫޒާއި ކޮރޮޕްޝަން ހުއްޓުވުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އިންޓާނަލް އޮޑިޓަރެއް އައްޔަންކުރުމަކީ އެ ކައުންސިލުން ކުރާ ކަންކަމުގައި ފުރިހަމައަށް ޖަވާބުދާރީވުމަށާއި އާންމުންގެ އިތުބާރު ހޯދުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
”އަޅުގަނޑުމެން ކަނޑައަޅައިގެން މި ތިބީ، ކުރާ ހުރިހާ ކަމެއްގައިވެސް ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް. މިއަދު މި އެޅުނު ބިންގަލުގެ ސަބަބުން، އަޅުގަނޑުމެންގެ މާލެ ސިޓީގެ މުސްތަގުބަލު ބައްޓަން ވެގެންދާނީ، ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރާ މުއައްސަސާއެއް ގޮތަށް“ މޭޔަރު އާޒިމް ވިދާޅުވި އެވެ.




ގުޅުންހުރި
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް
ކަންތައްތަކެއް ނުކޮށްދެވުނު ނަމަ ދެވަނަ ދައުރަކަށް ވޯޓު ހޯދާކަށް ނާންނާނަން: މޭޔަރު
މީހެއްގެ ”މަހާއި ކައްޓާ“ ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު