ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކައިގެން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިޔާނާތް އޮއްބާލަން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިހާރު މައްސަލަތަކެއް ބަލަމުން ދަނީ އިދިކޮޅު ފަރާތްތަކަށް ވަކިން އަމާޒުކޮށް، ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭގެ ފުލުހުން ދަންވަރުގެ ވަގުތެއްގައި ވަދެ ބަލައިފާސްކުރިއިރު މޫކޭގެ އާއިލާ އޮތީ ނިދައިފައި ކަމަށެވެ. އާއިލާ އާއެކު ނިދާފައި އޮއްވާ މޫކޭގެ ގެއަށް ފުލުހުން ވަނުމަކީ ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި އަދި ކުރި ފުރައްސާރައެއް ކަމަށް އެމްޑީޕީން ބުންޏެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓަމުން ނުދާކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން މިނިވަން މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އެ ޕާޓީން ތާއީދު ކުރާ ކަމަށާއި ނަމަވެސް އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު، އެ ކޮމިޝަންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށެވެ.




ގުޅުންހުރި
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި