ޔަލަމްލަމްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް 63 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ޏ. ފުވައްމުލަކު، ސްޓެއްލާ (ދޫޑިގަން) މުހައްމަދު ދީދީ އެވެ.
ޔަލަމްލަމްއިން ސޯޝަލް މީޑިއާގައިކުރި ޕޯސްޓެއްގައި ބުނީ، މުހައްމަދަކީ އެ ގްރޫޕުގެ ހަވާލުގައި އިއްޔެ މެންދުރުފަހު ސައުދީ ފްލައިޓު SV839އިން ދަތުރުކުރި އުމްރާވެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސަޢީ ކުރަނިކޮށް މުހައްމަދު އާއިލާއާ ވަކިވެ ގެއްލިފައިވާ ކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.
މުހައްމަދު ގެއްލުނުއިރު، އޭނާ ހުރީ އިހްރާމުގައި ކަމަށާއި، އޭނާގެ ކަރުގައި ޔަލަމްލަމް ޖަމާއަތުގެ ފާސް ވެސް އަޅާފައި އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
މުހައްމަދު ދީދީއާ ގުޅޭ އެއްވެސް މައުލޫމާތެއް މައްކާއިން ލިބިއްޖެ ނަމަ، 593709493 966+ ނުވަތަ 565836862 966+ އަށް ގުޅުމަށް ޔަލަމްލަމް ގްރޫޕުން އެދިފައިވެ އެވެ. އަދި 7901612 ނުވަތަ 9199919އަށް ގުޅައިގެން ވެސް މައުލޫމާތު ހިއްސާ ކުރެއްވޭނެ ކަމަށެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި