ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާޝް ޝަރީފު އަމުރު ކުރެއްވުމާ ގުޅިގެން ފުލުހުން ފަށައިފައިވާ ތަހުގީގަށް 16 މީހަކު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި 16 މީހަކު ތަހުގީގަށް ބޭނުންވާ މައުލޫމާތު ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މައްސަލަތަކާ ގުޅުން ހުރި ލިޔުންތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައި ކަމަށެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓްތައް ދޫކުރުމުގައި ހިންގާފައިވާ ޖަރީމާތައް ބަލަން ހިންގާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ.
”މައުލޫމާތާއި ހެކި ހިއްސާ ކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެ އެވެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކު ވެސް ހިއްސާ ކުރެއްވިދާނެ އެވެ،“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައުލޫމާތުތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ފުލުހުންގެ މި ހާއްސަ ޕޯޓަލް މެދުވެރިކޮށް ތަހުގީގަށް މައުލޫމާތު ދޭން ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގަ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 3600 އަށް ވުރެ ގިނަ ފަރާތްތަކާއި ފުލެޓް