އިންޑިއާއިން ރާއްޖޭގެ ވެރިކަމާ ކުޅޭނެ ކަމަށް ގަބޫލެއް ނުކުރެވޭ: ނަޝީދު

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގައި އޮތް ޑިމޮކްރަޓިކް ނިޒާމަށް އެއްބާރުލުންދޭ ގައުމެއް ކަމަށާއި އެގައުމުން ރާއްޖޭގެ ވެރިކަމާ ދެކޮޅަށް ކުޅެފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރާވަމުންދިޔަ ކަމަށެވެ.

އެ މަޝްވަރާގެ ތެރެއިން ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ނިންމި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައިވެ އެވެ.

މެންބަރުންގެ އިތުރުން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަަށް ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންވެސް ރޯއިން ވަނީ އެމްޑީޕީއާ މަޝްވަރާކޮށްފައި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައިވެ އެވެ. ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދޭން ނިންމި ކަމަށް ބުނެފައިވެ އެވެ.

ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީސް މުއިއްޒުގެ ވެރިކަން ވައްޓާލަން ރޭވުމެއް ރޭވިކަމުގެ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް، ބައެއް މީހުން އަބަދުވެސް ”ކޮންސްޕިރަސީ“ގެ ތެރޭގައި އުޅޭ ބައެއް ކަމަށެވެ.

”އެފަދަ ކަމަކަށް އިންޑިއާ އިން ބާރެއް ނުދޭނެ. އެއީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް އިހުތިރާމް ކުރާ ގައުމެއް. އިންޑިއާ ދުވަހަކު ވެސް އަހަރެމެންގެ މައްޗަކަށް ގޮތެއް ނުކިޔާ،“ ނަޝީދު ވިދާޅުވި އެވެ.

ވޮޝިންޓަންޕޯސްޓުގައި ބުނެފައިވަނީ ރައީސްގެ ވެރިކަން ވައްޓާލުމުގެ އެކަންކަން ރޯއަށް ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެކަމަށް ބޭނުންވާ 92.5 މިލިއަން ރުފިޔާ ހޯދަން ވެސް ނިންމައިފައިވަނީ އިންޑިއާއިން ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

ނަމަވެސް، ސިއްރިއްޔާތުގައި އެތައް މަހަކަށް ދިގުދެމިގެންދިޔަ ރޭވުންތަކަށް އަމަލީ ސިފައެއް ނުޖެއްސުނީ، ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެމްބަރުން ނުލިބުމުން ކަމަށް ބުނެފައިވެ އެވެ.

އެ ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް އެވެ. ތޮރާތަކީ، ވޮޝިންގްޓަންޕޯސްޓުން ބުނި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

ވޮޝިންގްޓަންޕޯސްޓުން ބުނިގޮތުގައި، ރައީސް މުއިއްޒުގެ ގާތް މީހަކު ވަނީ، ތޮރާތު އާއި އިންޑިއާގެ ރޯ އޭޖެންޓުންނާ ދެމެދު ކުރި ބައެއް މުއާމަލާތްތައް އެ ނޫހާ ހިއްސާ ކޮށްފަ އެވެ. ނަމަވެސް، އެ މުއާމަލާތްތައް ހޯދި ގޮތެއް އެ މީހާ ހާމަކޮށްފައި ނުވާ ކަމަށް އެ ނޫހުން ބުންޏެ