ޖެނުއަރީ 9, 2025

ދަރުބާރުގެ ކުއްޔަށް ދިނުން ހުއްޓާލައިފި

ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެންވަޔަރްމަންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވުމުން އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީތަކުގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން، ދަރުބާރުގޭ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީ ހިންގަން ދާއިމީ އިމާރާތެއް ލިބެންދެން އިތުރު ތަނެއް ކުއްޔަށް ނުހިފަން ނިންމަވައިފަ އެވެ.

އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ އިމާރާތެއްގައި މިނިސްޓްރީތަކުގެ ހިދުމަތް ދިނުމަށް ނިންމައިފައި ކަމަށެވެ.

ދަރުބާރުގޭގައި މިނިސްޓްރީތަކުގެ ހިދުމަތް ދޭން ފެށި ފަހުން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށް، ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.