ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެން މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މި މަހުގެ ތެރޭގައި ކޮންޓްރެކްޓަރުން ހޯދަން އިއުލާން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގައި އަމަލީ ގޮތުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާނެ އަހަރަށް ކަމަށެވެ. އަދި ބިން ހިއްކައި، ޖާގަ އިތުރުކުރެވިފައިވާ ރަށްރަށުގައިވެސް ކުރިއަށް އޮތް އަހަރުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.
”މި އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް. 2025 އަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހަދާނަން. މި މަހުގެ ތެރޭގައި ބަޖެޓުގެ ތެރެއިން ކަނޑައަޅާފައި މި ހުރި، އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ކެމްޕޭން ތެރޭގައި، މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަދޭނެ ފަރާތްތައް ހޯދައި، އަމަލީ ގޮތުން މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް އެބަ އިއުލާން ކުރަން. މި ޖެނުއަރީ މަސް ތެރޭގައި،“ ރައީސް ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ވީއައިއޭ މަޝްރޫއުއަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް ދިވެހި ދައުލަތުން ދޭ ތިންވަނަ އެންމެ