މެދުރާއްޖެ ތެރެއިގެ ސްކޫލެއްގެ ފިރިހެން ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރަން އެދި ފޮނުވާފައިވާ ޓީޗަރު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފައި ވަނިކޮށް އެ ޓީޗަރު ހަތް ދުވަހަށް ބަންދު ކުރުމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މެޖިސްޓްރޭޓް ކޯޓުން އެ ޓީޗަރު ބަންދުން ދޫކޮށްލީ މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބަލައިފަ އެވެ. ފުލުހުންގެ ބަންދުގައި ހުރި ޓީޗަރުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރަން އެންގި ޗިޓް ފުލުހުންނާ ހަވާލުކުރަން ވަޑައިގަތީ ބަންދުން ދޫކޮށްލުމުގެ އަމުރު ވެސް ނެރުއްވި މެޖިސްޓްރޭޓަށެވެ.
ކޯޓަށް ހާޒިރުކުރަން ޗިޓް ހަވާލުކުރަން މެޖިސްޓްރޭޓް އަމިއްލަ އަށް ވަޑައިގަތުމަކީ ޝަރުއީ ނިޒާމުގައި ކުރާކަމެއް ނޫނެވެ.
ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ކުރި ހުކުމްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބަލާފައި އޮތް ގޮތަކީ މިފަދަ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ހުކުމުގައި ބުނީ ކުރިން މިފަދަ ތުހުމަތެއް އެ މީހެއްގެ މައްޗަށް ކުރެވިފައި ނެތުމަކީ މިހާރު ތުހުމަތު ކުރެވިފައިވާ ކުށުގެ ނުރައްކާތެރިކަމުން އެހެން ކުޑަކުދިން ސަލާމަތްކޮށްދޭނެ ކަމެއް ނޫން ކަމަށެވެ. އަދި ތުހުމަތުވާ ޓީޗަރުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫން ކަން ފުލުހުން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.
އެހެންވެ، ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވަނީ ޓީޗަރު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން ނިންމާފައިވަނީ ގޯސްކޮށް ކަމަށެވެ. އަދި، މެޖިސްޓްރޭޓް ކޯޓުން ބަންދާ މެދު އަލުން ގޮތެއް ނިންމަންދެން ހަތް ދުވަހަށް ޓީޗަރު ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ގުޅުންހުރި
ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމި
ސިޔާސީ މަގާމެއްގައި ހުއްޓާ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމުގެ ފުރުސަތު ރާގިބަށް
ދިވެހި ސިފައިންގެ އަތަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބުން ސިއްރުކުރަން ޑިފެންސުން
އެޕާޓްމެންޓްތައް އަތުލަން ކުރި އަމުރާމެދު ހިތްހަމަނުޖެހިގެން ބައްސާމް ހައިކޯޓަށް
ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރަން ނިންމީ ގާނޫނާ ހިލާފަށް: ހައި