ވަޒީފާއަކީ އަމާނާތެއް ކަމަށާއި އެއީ ހަމައެކަނި މުސާރައަށް ކުރާ ކަމެއްގެ ގޮތުގައި ނުހެދުމަށް ހުކުރު ހުތުބާގަަައި ގޮވާލައިފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ”މަސައްކަތުގެ އަހުލާގު“ މައްޗަށެވެ.
ހުކުރު ހުތުބާގައި ބުނީ މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުންކަމަށެވެ. ހުތުބާގައި ބުނީ ވަޒީފާގެ މައިދާނުން ރިވެތި މާތް އަހުލާގީ ސިފަތައް ފެންނަންޖެހޭ ކަމަށާއި، ކޮންމެ މުވައްޒަފަކީ އޭނާވާ ކޮންމެ ތަނެއްގައި އޭނާ ހެއްދެވި މަގުސަދު މަތިން ހަނދާންކޮށް، އެ މަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރަންޖެހޭނޭ މީހެއް ކަމަށެވެ.
”ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ޓަކައި ވެވޭ “އެއްބަސްވުމަކަށް ނުހަދާށެވެ! ސޮއިކުރާ އަގުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަސްވީރަކަށް ނުހަދާށެވެ! އެހެނީ، ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހިފޭ އަހުދު ކަށަވަރެކެވެ. އެހެންކަމުން އެ ޢަޤުދުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް، ޖުމްލައަކަށް ފަރުވާތެރިވެ ރައްކާތެރިވާށެވެ.“ ހުތުބާގައި ބުންޏެވެ.
ވަޒީފާގެ ތެރެއިން ހޖދުމަތަށް އެދޭ ފަރާތްތަކަށް ފަރުވާތެރިކަމާ އެކު އެ ހިދުމަތެއްވީ އެންމެ ފުރިހަމައަށް އިހުތިރާމާއި އޯގާތެރިކަމާ އެކު ފޯރުކޮށްދިނުމަށް ހުތުބާގައި ވަނީ އެދިފަ އެވެ.
ވަޒީފާގެ މުހިއްމު ވަގުތުތައް އޮފީހުން ބޭރުގައި އަމިއްލަ ކަންކަމަށް ހޭދަކުރާއިރު، ހަވާލުވި އަމާނާތުގެ މަތިން ހަނދުމަކުރުމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ
”އޮފީހުގެ ކަރަންޓާއި ފެނަކީ ވެސް އަމާނާތެކެވެ. ފޯނާއި ކަރުދާހާ ދެއްޔަކީވެސް އަމާނާތެކެވެ. އޮފީހުގެ މެޝިނަރީތަކަކީވެސް އަމާނާތެކެވެ. ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތަކީ ވެސް އަމާނާތެކެވެ. މުއައްސަސާގެ މުހިއްމު މަސައްކަތްތަކާ ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތެކެވެ. އެހެންކަމުން މި އަމާނާތްތަކަށް ރައްކާތެރިވާށެވެ“ ހުތުބާގައި ބުންޏެވެ.




1 Comment
ގުޅުންހުރި
އައްޑޫގައި މަރުވި ދެމަފިރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި، ޖަނާޒާ މިއަދު
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކަށް ހައްޔަރުކުރީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން!
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް
ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް
މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި
މައީޝާގެ ދަރިއެއް ނުހުރޭ، އެކަމަކު ރިޕޯޓުކުރީ އޭނާ ދަރިއަށް ރިޕޯޓުކުރާ ކަމަށް!