ވަޒީފާގެ އަހުލާގީ މިންގަނޑާ ހިލާފުވުމުގެ ސަބަބުން ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ސަސްޕެންޑްކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ،
ޖޭއެސްސީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޝީރީންގެ ވަޒީފާގެ އަހުލާގުގެ މިންގަނޑާއި ހިލާފުވި މައްސަލައެއް ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޭއޭސްސީން ނިންމީ އޭނާގެ މައްޗަށް ވަޒީފާގެ އަހުލާގީ މިންގަނޑާއި ހިލާފުވިކަން ސާބިތުވާ ކަމަށާއި އެކަމުގެ އަދަބެއްގެ ގޮތުގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށެވެ.
ޖޭއެސްސީން މިއަދު ބުނީ ޝީރީންއާ ގުޅޭ ގޮތުން ތަހުގީގުކުރި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާތީ 15 ދުވަހަށް މަގާމުން ސަސްޕެންޑްކުރާ ކަމަށެވެ. އެ މުއްދަތުގައި އޭނާގެ މުސާރައާއި އިނާޔަތް ނުހިނގާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގުޅުންހުރި
ދިފާއުގައި ހުށަހެޅި ހެކިން ހާޒިރުނުކޮށް ފަނޑިޔާރު މަހާޒުގެ އަޑުއެހުންތައް ނިންމާލައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކަށް ފަނޑިޔާރު ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޝަހީދު ކުރިމަތިލައްވައިފި
ނިހާޔަތު އެކަނި ކުރިމަތިލުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލުން ހުޅުވާލައިފި
ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު ހަދަނީ ދޮގު، ހުރިހާ ހައްގުތަކެއް ފުރިހަމައަށް ދިނިން:
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ނެތް މައްސަލައެއް އުފައްދައިގެން: އަލީ ހުސެއިން