ރަށެއްގެ މިސްކިތެއްގައި ތެރޭގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިސްކިތެއްގެ ތެރޭގައި ދެ ޖިންސު މަސްހުނިވެގެން ކުޅިވަރު ހަރަކާތެއް ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި މިސްކިތް ތެރޭގައި ގޮނޑި ޖަހާފައި ހުންނަތަންވެސް ފެނެ އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެއީ ތ. ވިލުފުށީގައި ހުންނަ މިސްކިތް ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ހަރަކާތެކެވެ. އެކަން އެ ރަށުގެ ބައެއް މީހުންވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަރަކާތް ބޭއްވި ތަނަކީ މިހާރު ނަމާދުކުރަން ބޭނުންކުރާ ތަނެއް ނޫނެވެ. އެހެންވެ އެތަނުގައި މިހާރުވެސް ބައްދަލުވުންތަކާއި ސްކޫލް ހަރަކާތްތައް ބާއްވަ އެވެ.
އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

3 Comments
ގުޅުންހުރި
ރާއްޖޭގެ ޔުނިވާސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ބޭފުޅަކަށް ޝައިހް އިސްމާއިލް
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި