އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭ ހިންގި މާރާމާރީގައި އެތަން ވީޑިއޯ ކުރަން އެ ސަރަހައްދުގައި ހުރި ދިވެއްސަކަށް ވެސް ބިދޭސީން ހަމަލާދީފައިވެ އެވެ.
ޝައްމާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ މާރާމާރީގައި ބައިވެރިވި ތިން މީހަކު ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ އިންޑިއާގެ ތިން މީހުންނެވެ. އެ އެންމެންވެސް ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ޝައްމާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އަމަލު ކުރަން ބިދޭސީންނަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުވެސް އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި އެވެ. އެ މައްސަލައިގައި އިސްކޮށް އުޅުނު ބިދޭސީ މީހާ ހައްޔަރުކުރި އިރު، އޭނާ ޑީޕޯޓް ކޮށްލާނެ ކަމަށް އިމިގްރޭޝަނުން އޭރު ބުންޏެވެ. ނަމަވެސް އޭނާ ޑީޕޯޓްކޮށްލި ކަމެއް ނޭނގެ އެވެ.
ޑީޕޯޓްކޮށްލާ މީހުންގެ މައުލޫމާތު އިމިގްރޭޝަނުން ހާމަކުރެ އެވެ. ނަމަވެސް އެ މާރާމާރީގައި ހައްޔަރުކުރި މީހާ ޑީޕޯޓްކޮށްލި ކަމެއް އިމިގްރޭޝަނަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.




1 Comment
ގުޅުންހުރި
ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވާޖިބެއް: ރައީސް
ސިފައިންގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫގައި ގާއިމުކޮށްފި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް