ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކެއް ޓޯ ކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިގު މުއްދަތެއް ވަންދެން ބޭނުން ނުކޮށް، ހުޅުމާލޭގެ މަގުތަކުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުފަހަރު ޓޯކޮށްފައިވާ ކަމަށެވެ. އަދި އެއީ ޓްރެފިކް ޑިކޮންޖެޝަން ޕްރޮގްރާމުގެ ދަށުން ކުރި މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފުލުހުން ވެސް އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި މަގުބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު މަގުބޭނުންކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް ފުލުހުން ވިދާޅުވެ އެވެ.

ގުޅުންހުރި
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ބިދޭސީންނާ ގުޅުން ހުރި ފީގެ ގޮތުގައި ދައުލަތަށް ލިބެނީ 1.2 ބިލިއަން
އަމާން އުދަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުން މި ހަފްތާގައި ފަށަނީ
މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ މިއަދުވެސް ސިއްރު
ނޭޕާލްގެ ހާލަތު ގޯސްވެ، ދިވެހީން އެ ގައުމަށް ދަތުރު ނުކުރަން ސަރުކާރުން
ބިން ނުހިއްކަން ނިންމުމާ ގުޅިގެން ދޮންފަނު ރައްޔިތުން މުޒާހަރާ ކުރަނީ