ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން އެމެރިކާ އިން ވަކިވުމަށް އެ ގައުމުގެ ރައީސްކަމާ ދެ ވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަޕްމް ނިންމަވައި، އެކަމުގެ ރިޔާސީ ގަރާރުގައި ސޮއިކުރައްވައިފި އެވެ.
މިއީ ޑަބްލިޔުއެޗްއޯ އިން ވަކިވުމަށް ޓްރަމްޕް ނިންމެވި ދެވަނަ ފަހަރެވެ. ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައިވެސް ޑަބްލިޔުއެޗްއޯ އިން ވަކިވުމުގެ މަސައްކަތް ކުރެއްވި އެވެ.
ނަމަވެސް ވަކިވަން ނިންމައި އެ މަރުހަލާ ކުރިއަށް ގެންދަވަނިކޮށް ވެރިކަން ބަދަލުވެ ރައީސް ކަމަށް ޖޯ ބައިޑެން ވަޑައިގެން ޓްރަމްޕުގެ ނިންމެވުން ބަދަލުކުރެއްވި އެވެ.
ޑަބްލިޔުއެޗްއޯ އިން ވަކިވާން ނިންމެވި ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ބައިނަލްއަގުވާމީ އެހެން ސިއްހީ ކާރިސާތައް އެ ޖަމިއްޔާ އިން މެނޭޖުކުރި ގޮތުގެ ސަބަބުންނެވެ. އަދި ސިއްހަތު ޖަމިއްޔާއަށް ޗައިނާއަށް ވުރެ ބޮޑަށް އެމެރިކާއަށް ހޭދަކުރަން ޖެހުމަކީ އިންސާފެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
”ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަހަރެމެން ފެލައިފި، އެންމެންވެސް އެމެރިކާ ފެލަނީ. އެހެނެއް ދެނެއް ނުވާނެ،“ ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ އެ ނިންމެވުމާއި ގުޅިގެން ޑަބްލިޔުއެޗްއޯ އިން ވަނީ އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ ގައުމުން އެ ޖަމިއްޔާ އިން ވަކިވުމަކީ ލިބުނު ދެރައެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ބުންޏެވެ.
ޑަބްލިޔުއެޗްއޯގެ މިދިޔަ ދެ އަހަރުގެ ބަޖެޓަކީ 6.8 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 18 ޕަސެންޓް ދެނީ އެމެރިކާ އިންނެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް