އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ރ. އަތޮޅުގެ ތަރައްގީގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަން ބޮޑު ކަމަށެވެ. އެގޮތުން މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ދުމަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އުނގޫފާރަކީ އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރުމަށް މި ސަރުކާރުން ނިންމި ހަތް ރަށުގެ ތެރެއިން އެއް ރަށެވެ. އެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްގީގެ މާސްޓާ ޕްލޭންގެ މަސައްކަތްތައް ކުރަމުންދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ހިދުމަތް ލިބޭ ރަށަކަށް އުނގޫފާރު ވެގެންދާނެ ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް ވައުދުވެވަޑައިގެންފައިވާ ގޮތަށް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމަށާއި މި ދައުރުގެ ތެރޭގައި އެ ރަށުގައި 500 ހައުސިން ޔުނިޓްގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ތިން އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން އުނގޫފާރުގެ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށެވެ.




ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ