ފެބްރުއަރީ 2, 2025

ގައުމަށް ތަރައްގީ ގެނެވޭނީ އިމާރާތްތަކެއްގެ ބަދަލުގައި ޒުވާނުން ތަރުބިއްޔަތު ކޮށްގެން: ރައީސް

ޤައުމަކަށް ތަރައްޤީ ގެނެވޭނީ ހަމައެކަނި ޢިމާރާތްތަކެއް އެޅުމުގެ ބަދަލުގައި، އެ ޤައުމެއްގެ ޒުވާން ޖީލަށް ރަނގަޅު ތަރުބިއްޔަތާއި ތަޢުލީމު ދީގެން ކަމުގައިވާތީ، ޙަޤީޤީ ވަށާޖެހޭ ތަރައްޤީއަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލުތަކަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކޮށްދިނުން ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހުޅުދުއްފާރަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަރުދަނާ ގޮތެއްގައި، ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ މާޙައުލެއްގައި ކިޔަވައިދެވޭނެ ގޮތް މަގުފަހިކޮށްދިނުމަކީ އެންމެ ރަނގަޅު ނަތީޖާއާއި ޙަޤީޤީ އުފާވެރިކަން ލިއްބައިދޭނެ ކަމެއް ކަމުގައެވެ. އެހެންކަމުން ސްކޫލުތަކާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް، މި ހިނގާ 2025 އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއަރކޮންޑިޝަންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢަށް އިޝާރާތްކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ހުރިހާ ކުލާސްރޫމަކީ، މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި، މާތް ﷲގެ އިރާދަފުޅާއެކު، އިޔާދަކުރަނިވި ހަކަތައިއިން ފިނިކުރެވޭ ގޮތަށް ހުރި ކުލާސްރޫމްތަކެއް ކަމުގައި ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރ. ހުޅުދުއްފާރުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަމާއި، މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން، ސްކޫލަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރ. ހުޅުދުއްފާރަކީ ބޭރުގެ އެކި ރަށްރަށުން ގިނަ ޢަދަދެއްގެ ދަރިވަރުން އެ ރަށަށް ހިޖުރަކޮށްފައިވާ ރަށަކަށް ވާއިރު، ދަރިވަރުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ފަދައިން، ދަނާލުގެ ޢަމަލީ މަސައްކަތްތައްވެސް މި 2 އަހަރު ދުވަހުގެ ތެރޭގައި ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ވެވަޑައިގެންފައިވާ އެއްވެސް ވަޢުދުފުޅެއް ހަނދުމަނެތި ނުދާ ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. ހުޅުދުއްފާރުގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރު ކުރައްވަމުން ގެންދަވާ، އަދި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ އިތުރު ކަންކަމަށްވެސް އަލިއަޅުވާލައްވާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އެކަށީގެންވާ ކުރިއެރުމެއް ހޯދިފައި ނުވި ނަމަވެސް، އެ ރަށުގައި ފީފާ ސްޓޭންޑަރޑްގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އިންޑޯރ އަދި އައުޓްޑޯރ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ކުޅިވަރު ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި ސަބަބުތަކާ ހެދި މަޑުޖެހިފައި ވާ މަޝްރޫޢުތައް ހިންގަވައި ނިންމަވައިދެއްވުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން، ރ. ހުޅުދުއްފާރުގެ ރައްޔިތުންނަށް ދެއްވާފައެވެ. މި ގޮތުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތައް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭރު ތޮށީގެ ބޭނުން ހިފޭނެ ފަދަ ގޮތަކަށް ބަނދަރުގެ މަސައްކަތް، 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަން ޙަޤީޤަތަކަށް ހައްދަވައިދެއްވަން މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވުމުގެ ބޭނުންފުޅުގައި ކަމަށާއި، މާތް ﷲގެ އިރާދަފުޅާއެކު އެ މަނިކުފާނު ދެން ރ. ހުޅުއްދުއްފާރަށް ވަޑައިގަންނަވާނީ، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސް ނިންމާލުމުގެ އުފަލުގައި ރައްޔިތުންނާއެކު ބައިވެރިވަޑައިގަތުމުގެ އުންމީދުގައި ކަމުގައި ވިދާޅުވެ، މާތް ﷲ ގެ ބަރަކާތް މިންވަރު ކުރެއްވުން އެދި އެ ކަލާންގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒަކަށް ވާ އިރު، މި ކަމާ ގުޅޭ 2 އެއްބަސްވުމެއްގައި މި ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ. އެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ހުޅުދުއްފާރުގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް، ރ. ހުޅުދުއްފާރު ކައުންސިލާ ޙަވާލު ކުރެއްވުމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ އޭ.ޓީ.އެމް ޚިދުމަތް، ރ. ހުޅުދުއްފާރަށް ތަޢާރަފުކޮށްދެއްވައި، ޚިދުމަތް އިފްތިތިޙުކޮށްދެއްވުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި 2 އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައި ވަނީ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިންނެވެ.

2 Comments

  • Unju ޖެނުއަރީ 22, 2025

    Dhaulathah vanna hurihaaa rf eh kalaaafa zuvaaanun tharubiyyathu kuran k hurey hmmm

  • MaduKashi ޖެނުއަރީ 23, 2025

    Rayyithun felaigen adhi vs kaleah vaani
    Falholey nukiyaa

    CURRENT bill kudakobbala (ai gothah araa rayyithun felaali current in)
    AASANDHA hurihaa thaakun hurihaa rayyithun ah dheebala (Aasandha vs dhiruvaalee)
    STELCO muvazzafun kuraa ithuru gadeege OT laari dheebala (Evs dhiruvaalain musaara othee kuda koffa)
    MWSC ge bonus laari gandu dheebala (Evs bandu alhain othee)
    MASSVERIN kiraa mahuge laari hama ah dheebala ( Evs bandu alhain ethah dhuvaheh ovey amilla amma Appa harumudhaatha ei?)
    GOATHI/FLAT ge hagguverin ah e dheebala (Evs vagah nagain kairi ulhey tie elhi PNC botun ah dhee Hus kuranee)

Leave a Reply