ރ. މަޑުއްވަރީގެ އިހުތިސޯސްގެ ތެރެއަށް އެ އަތޮޅު އުފުލަންދޫ އަދި މީދޫގެ އިހުތިސޯސްގެ ތެރެއަށް ތާވަތާ ހިމަނައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑުއްވަރިއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަޑުއްވަރިން މި އަހަރުގެ ތެރޭގައި ހަ ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި އެކަމުގެ ސަބަބުން މަޑުއްވަރިއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
”ހައެއްކަ ހެކްޓަރު މި ރަށަށް އިތުރުކުރެވެން އޮތީ. އެއަކުން ގެދޮރުގެ މައްސަލަ ހައްލުނުވާނެ. ރަށުގައި ހުރި އިގުތިސޯދީ ބޭނުންތަކަށް ބޭނުންކުރާ ތަންތަން ރަށުގެ ބޭރަށް ގެންދިއުމަކީ ބިމުގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ ގޮތް. މި ރަށުގައި ފައިބަރުގެ މަސައްކަތްކުރާއިރު ކެންސަރުގެ މައްސަލަވެސް ބޮޑު. އެހެންވީމަ އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މި ހުރިހާ މައްސަލައެއް ހައްލުވާ ގޮތަށް އުފުލަންދޫ މި ރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމަނައި ދޭނަން. އެކަމުގެ ގާނޫނީ ލިޔެކިޔުންތައް ހަމަޖެހިގެންދާނެ. އެއާއެކު ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭނެ ކަންކަން އެތަނަށް ބަދަލުކުރުމަށް އެދެން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޑުއްވަރިއާ އެއް އަތޮޅެއްގައި އޮންނަ މީދުއަށް ދިމާވެފައިވާ ބިމުގެ ދަތިކަންވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މީދޫގެ އިހުތިސޯސްގެ ތެރެއަށް ތާވަތާ ހިމަނައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
”މީދޫގައިވެސް ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. މީދޫ ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބަ އޮތް. މީދޫގެ އިހުތިސާސްގެ ތެރޭގައި ތާވަތާ ހިމަނަން ނިންމި ވާހަކަ އަޅުގަނޑު އިއުލާނުކޮށްލަން ބޭނުން،“ ރައީސް ވިދާޅުވި އެވެ.
ރައީސް މިގޮތަށް ނިންމެވި އިރު، އުފުލަންދުއަކީ މަޑުއްވަރިއަށްވުރެ ބޮޑު ރަށެކެވެ. އެގޮތުން މަޑުއްވަރީގެ ބޮޑުމިނަކީ 22 ހެކްޓަރެވެ. އުފުލަންދޫގެ ބޮޑުމިނަކީ 29 ހެކްޓަރެވެ. ނަމަވެސް ތާވަތާއަކީ މީދުއަށްވުރެ ހަތަރު ގުނަ ކުޑަ ރަށެކެވެ. މީދޫގެ ބޮޑުމިނަކީ 36 ހެކްޓަރެވެ. ތާވަތާގެ ބޮޑުމިނަކީ އެންމެ އަށް ހެކްޓަރެވެ.




ގުޅުންހުރި
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި