މާފަންނު ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ އަސަރު ކުރި ގެތަކުގެ ތެރެއިން ފަސް ގެއެއްގެ 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އަލިފާން ރޯވީ ފުރުޓް އެންޑް ޓްރީ އެޕަލް ކިޔާ ފިހާރައިން ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއްގައި ކަމަށެވެ. އެ ހާދިސާ މައުލޫމާތު ލިބުނީ 04:20 ހާއިރު ކަމަށާއި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެންޑީއޭމްއޭއިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާފައިވަނީ ފަސް ގެއެއްގެ 14 ދިވެހިންނާއި އަށް ބިދޭސީންނަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ބިދޭސީ އެއް އާއިލާއަކުން އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިވާ ކަމަށާއި ބާކީ ތިބި 11 ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ މީހުން ނިސްބަތްވާ ކުންފުނިތަކުން ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
ގުޅުންހުރި
13 އަހަރުގެ ކުއްޖަކު ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފި
އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ވަރަށް ބޮޑަށް ފިހިއްޖެ
ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް މައުލޫމާތު ހިއްސާކުރަން ފުލުހުން
ސާވާތައް ސަލާމަތްނުވެއްޖެނަމަ މަޝްރޫއުތަކުގެ މައުލޫމާތު ގެއްލޭނެ: ހައިދަރު
ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެއް: ހައިދަރު
އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީއެއްގެ ހިދުމަތްތައް ހުއްޓިއްޖެ