ކަރަންޓްގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، ސްޓެލްކޯ މުވައްޒަފުންގެ އިމާރާތް ކުރުމުގެ ހުނަރުވެރިކަމާއި ފުރިހަމަކަން ދިވެހިންނަށް ފެނިގެންދިޔައީ މިދިޔަ އަހަރުގެ ތެރޭގައި ހުޅުވި ސްޓެލްކޯގެ ޝޯރޫމެވެ. ކަރަންޓާ ގުޅޭ ހުރިހާ ސާމާނު ރާއްޖެ އިން ލިބޭ އެ ޝޯރޫމަކީ ބޮޑުމިނުގައި 8،000 އަކަފޫޓު ހުންނަ ތަނެކެވެ. އެތަނުގެ މަސައްކަތް ކުރީ އެއްވެސް ބަޔަކު އައުޓްސޯސް ނުކޮށް ސްޓެލްކޯގެ ދިވެހި މުވައްޒަފުންނެވެ. ނަތީޖާއަކީ ވަގުތު ސަލާމަތްވެ، ހަރަދު ކުޑަވެ، މަސައްކަތުގެ ކޮލިޓީގެ ފުރިހަމަކަމެވެ.
ކ. ތުލުސްދޫގައި ނިމެމުން އެދާ ސްޓެލްކޯގެ މެކޭނިކަލް ޓްރެއިން ސެންޓަރަކީވެސް ސްޓެލްކޯގެ މުވައްޒަފުންގެ ނަމޫނާ މަސައްކަތެކެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ހަދަން ފެށި އެ ސެންޓަރަކީ އެ ތަނުގައި ތަމްރީނާއި ތަޖްރިބާ ހޯދާ މީހުންނަށް އެކޮމޮޑޭޝަނާއެކު ހަދާ ތަނެކެވެ. އަދި އެ ތަނުގައި ޓްރެއިނިން ރޫމާއި އިލެކްޓްރިކަލް ޓްރެއިނިން ރޫމުތަކާއި ކޮންޓްރޯލް ޓްރެއިނިން ރޫމުތަކާއި މެކޭނިކަލް ޓްރެއިނިން ރޫމުތަކާއި ބޭނުންވެއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް އެމްވީއެޗްވީ ރޫމުތައް ވެސް ހުންނާނެ އެވެ.
އެ ސެންޓަރުގެ މަސައްކަތް ނިމުމަކާ ގާތްވަމުންދާއިރު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ އެތަނުގެ މަސައްކަތް ކުރި އެ ކުންފުނީގެ މުވައްޒަފުންނަށް ތައުރީފު ކުރައްވައިފަ އެވެ.
”އެ ފެސިލިޓީގެ ހެދުމުގެ މަސައްކަތް، ޕްލޭން ކުރުމުން ފެށިގެން ފިނިޝިންއާ ހަމައަށް ކުރިއަށް ގެންދިޔައީ މުޅިންވެސް ސްޓެލްކޯގެ މުވައްޒަފުން. އެ މަޝްރޫއު ހަގީގަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ މުވައްޒަފުން ކޮށްފައިވާ ކުރި ހިތްވަރަށާއި މަސައްކަތަށް ޝުކުރު އަދާކުރަން،“ ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނާ ގޮތުން ތުލުސްދޫގައި ހަދާ އެ ކުންފުނީގެ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ ބޭނުމަކީ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ޒުވާނުން ތަމްރީންކޮށް، ސްޓެލްކޯގައި މި ވަގުތު މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ވެސް ސްޓްރެސް ފްރީ މާހައުލެއްގައި ރާއްޖޭގައި ތިބެގެން ހަރަދު ކުޑަކޮށް ކިޔެވޭނެ އިންތިޒާމު ހަޖެއްސުމެވެ.

ގުޅުންހުރި
ސައުދީގައި ޕްރޮފެސަރެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި، ޕްރޮފެސަރުގެ އަންހެނުން އައިސީޔޫގައި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް
އީދަކީ އުފާވެރި ހަނދާންތައް ގެނުވާ ދުވަހަކަށް ހެދުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މާފުކުރުމަކީ ވެސް ކުރެވޭ ހެޔޮ