މަޝްއަރުގެ ވެރިޔާގެ އިތުރު މައްސަލައެއް ޕީޖީއަށް، މިފަހަރު ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ
މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އަލް-މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އަލީ ފާރިޝްއަށް ދައުވާ ކޮށްދޭން އެދުނީ މިދިޔަ އަހަރު އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ އޭނާގެ ކުންފުނިން 27 މީހެއްގެ އަތުން 500،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ނަގައި މަކަރާއި ހީލަތް ހަދައި އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ކަމަށެވެ.
އެ މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިންނަށް އިތުރު ދައުވާއެއް ކުރަންވެސް ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފަ އެވެ. އެއީ މަޝްއަރުގެ ހަވާލުގައި ދިޔަ މީހުންގެ ރިޓާން ޓިކެޓް ނަގަން ޓްރެވަލް އެޖެންޓަށް ދިން ފައިސާގެ ޗެކް ބައުންސްވި މައްސަލައެވެ.
މީގެ ފަސް އަހަރު ކުރިން އުފެއްދި މަޝްއަރު ޓުއާސް އަކީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ގްރޫޕެއް ކަމަށްވާ އަލް-މަޝްއަރު ހައްޖު އެންޑް އުމްރާ ވެސް ހިންގާ ”އަލް-މަޝްއަރު ޕްރައިވެޓް“ގެ ދަށުން އުފައްދާފައިވާ ޓްރެވަލް އެޖެންސީއެކެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ އަލީ ފާރިޝް އާއި މޫސާ ޔާމީން އެވެ.




2 Comments
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި