ޖެނުއަރީ 30, 2025

މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކިކުރުމުގެ މަސައްކަތް ފަށަައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް އަބްދުﷲ ވަކިކުރުމުގެ މަސައްކަތް ވެރިކަންކުރާ ޕީއެންސީން ފަށައިފި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރުމުގެ މަސައްކަތް ފެށިކަން ޕީއެންސީގެ ބައެއް މެންބަރުން ވަނީ ހަފްތާއަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އަބްދުއްރަހީމް މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފަ އެވެ.

ފައިސަލް މަގާމުން ދުރުކުރުމާއެކު އަބްދުއްރަހީމް ސަރުކާރުން ނުސީދާ ގޮތެއްގައި ފާޑު ވެސް ވިދާޅުވެފަ އެވެ.

އެގޮތުން އަބްދުއްރަހީމް މިއަދު ވިދާޅުވީ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

‎އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހިޔާނާތުގެ އެއްވެސް ކަމެއް ހިންގައިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފައިސަލް ވަނީ ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ހާސިލްކުރައްވައިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

‎”ވަރަށް ދެރަވަރުކޮށް މިދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމުވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މިދަނީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

‎”މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް މިއީ. އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް [ގޯސް] ކަމެއް ފާހަގަވެފައެއް ނެތް. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،“

‎ފައިސަލް، ރައީސް މުއިއްޒާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

‎ފައިސަލް ސަރުކާރާ އެކު ހުންނަވާނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުކަމުގައި ހުއްޓާ ކުއްލިއަކަށް އެގޮތަށް ވަކިކުރުމުން، ”ފައިސަލްއެއް ދެން ސަރުކާރާ އެކު ނުހުންނަވާނޭ ނޫންތޯ“ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފައިސަލް ވަޒީރުކަމުން ވަކިކުރެއްވިކަން އަންގައި ރައީސް އޮފީހުން ސިޓީ ފޮނުވީ މިއަދު އޮފީހަށް ފައިސަލް ވަޑައިގަތް ފަހުންނެވެ.

‎”އަޅުގަނޑަކަށް ވެސް މިވީ ގޮތެއް އެއްގޮތަކަށް ވެސް ނޭނގޭ. ފައިސަލް ގުޅުއްވާފައި ވިދާޅުވި ވަކިކުރައްވައިފިޔޭ ތިމަންނާ އޮފީހަށް އައިތަނުން،“

‎މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރެއްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

14 Comments

  • Maryam Yumna ޖެނުއަރީ 28, 2025

    Amilla ah boe bondieh

  • ابراهيم عمران ޖެނުއަރީ 28, 2025

    Ibrahim Shujau koba happy tha?

  • Fathmath Asma ޖެނުއަރީ 28, 2025

    Eba ragalhu vey

  • Aishath Zidhunaa ޖެނުއަރީ 28, 2025

    Hithuge thelhun mithuru mi ahaa balaa

    • Fathmath Asma ޖެނުއަރީ 28, 2025

      Aishath Zidhunaa naahaanan

  • Mohamed Waheed ޖެނުއަރީ 28, 2025

    Boan ulhunu bondi thiulhenee boan hedhunuheyli iru engadu tinu vayaa higajje

  • Ahmed Naseer Joarey ޖެނުއަރީ 28, 2025

    Biru bodu

  • Sameeru Ge Azu ޖެނުއަރީ 28, 2025

    Haadha baarashey re’ndhuthah feyvanee migen 🫣🤭

    • Aminath Firaasha Firaa ޖެނުއަރީ 28, 2025

      Sameeru Ge Azu thanehga baarah hifaahtaathi😂

      • Sameeru Ge Azu ޖެނުއަރީ 29, 2025

        Aminath Firaasha Firaa hifehtiyas heenuvey mifaharu salaamatheh vaane henneh🤭🤭

  • Haamidha Haamidha ޖެނުއަރީ 28, 2025

    ގޮނޑިޔަށްގޮތެއްނުހަދާނެބާ😄

  • Mohamed Rauf ޖެނުއަރީ 28, 2025

    Raitthun gadhaaaeru v ma v goi

  • Reesha Fary ޖެނުއަރީ 28, 2025

    E ehcheh aa gothakah e ehcheh dhaane…hihvarukurey kudhin Ney..🙃😏

  • Ahmed Naseem ޖެނުއަރީ 28, 2025

    Jangiyaa Nazim huree thaiyyarugai miee reyvigen hingamundhaa kameh. Adhureyge bodaakan Yaamin ah veegothah dhen thi nimenee.

Leave a Reply