ސިނަމާލެ ހައިވޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށްވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ހާއިރު ހިނގި އެ ހާދިސާގައި ލިބުނު އަނިިޔާތަކާ ގުޅިގެން މަރުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެ ދުވަހުގެ 9:00 ގަ އެވެ.
މީޑިއާތަކަށް ފުލުހުން އެ ދުވަހު ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީ މީހާ އެކްސިޑެންޓުވީ ސޯލާ ޕެނެލްތަކުގެ މަސައްކަތް ކުރަން އުޅުނު މީހުން، މަސައްކަތް ކުރަމުންދާކަން އަންގައި ދިނުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ އަންހެނަކާ ސުވާލުކޮށް، އޭނާގެ ލައިސަންސް ހިފަހައްޓައި، ސައިކަލް ޓޯކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑީއޯއެއް ވަނީ އާންމުވެފަ އެވެ. އާންމުވެފައި ވަނީ ސިނަމާލެ ހައިވޭގައި ހުންނަ ފުލުހުންގެ ސީސީޓީވީއެއްގެ ފުޓޭޖެކެވެ. އެ ވީޑިއޯ އިން ފެންނަނީ އެކްސިޑެންޓުގައި މަރުވި ބިދޭސީ މީހާ ހައިވޭ މައްޗަށް ވެއްޓިފައި އޮއްވައި، ހަމަ އެ ވަގުތު ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް އޭނާގެ ގައިމަތިންދާ މަންޒަރެވެ.
ބައެއް މީޑިއާތަކުގައި ސައިކަލު ދިޔައީ މަރުވި މީހާގެ ބޯމަތިން ކަމަށް ބުނެފައިވީ ނަމަވެސް، ސީސީޓީވީ ފުޓޭޖުން އެ މަންޒަރު އެހާ ސާފެއް ނޫނެވެ. ނަމަވެސް ގައިމަތިން ދިޔަކަން އެނގެނީ ސައިކަލު ކޮންމެވެސް ވަރަކަށް ހިއްލިފައި ދިއުމުންނެވެ.


ގުޅުންހުރި
ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދި ދެ މީހުން ހައްޔަރުކޮށްފި
ރޭސިން މުބާރާތެއްގެ ޕްރެކްޓިސްއަށް ދިޔަ ޒުވާނަކު އެކްސިޑެންޓުވެ، ވެންޓިލޭޓަރުގައި ފަރުވާ ދެނީ
އެޗްއާރްސީއެމުން ވެސް ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަނީ
ހުޅުމާލެއިން 14 ކިލޯގެ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި
ސިހުރުގެ ކަންތައް ބޮޑުވެ ކުޅުދުއްފުށީގެ ގެތައް ފުލުހުން ބަލައިފާސްކުރަނީ
72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން