މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މާރާމާރީ ހިންގާފައިވަނީ މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ތެރޭގައި ކަމަށާއި އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 12:10 އެހާކަންހާއިރު ކަމަށެވެ. މާރާމާރީ ހިންގި ކެފޭގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، މާރާމާރީއާ ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ ކެފޭގެ ބަދިގެ ތެރޭގައި ދެ ބިދޭސީއެއްގެ ދެމެދުގަ އެވެ.



