ޔަހޫދީ އިޒްރޭލަށް 7.4 ބިލިއަން ޑޮލަރުގެ ބޮމާއި މިސައިލް އަދި ހަތިޔާރު ވިއްކަން އެމެރިކާ އިން ނިންމައިފި އެވެ.
ޔޫއެސް ޑިފެންސް ސެކްރެޓަރީ ކޯޕަރޭޝަން އެޖެންސީ (ޑީއެސްސީއޭ) އިން ބުނެފައިވާ ގޮތުން އިޒްރޭލަށް ވިއްކަން ނިންމާފައިވާ ތަކެތީގެ ތެރޭގައި 6.75 ބިލިއަން ޑޮލަރުގެ ބޮމާއި ގައިޑެންސް ކިޓުތަކާއި ފިއުސަސް އަދި 660 މިލިއަން ޑޮލަރުގެ ހެލްފަޔާ މިސައިލްތައް ހިމެނެ އެވެ.
މިއީ އިޒްރޭލަށް މިހާރާއި ކުރިއަށް އޮތް މުސްތަގުބަލުގައި ކުރިމަތިވެދާނެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން ހޯދައިދީ، އެ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ވިއްކަން ނިންމާފައިވާ ތަކެތި ކަމަށްވެސް ޑީއެސްސީއޭ އިން ބުނެއެވެ.
އެ އެޖެންސީން ބުނީ، އިޒްރޭލަށް ވިއްކާ މިސައިލްތަކަކީ އެ މީހުންގެ އެއާފޯސްގެ ގާބިލުކަން އިތުރުކޮށް އިޒްރޭލުގެ ބޯޑަރުތަކާއި މުހިންމު އިންފްރާންސްޓްރަކްޗާތައް ދިފާއުކުރުމަށް ދޭ އެއްޗެހިތަކެއް ކަމަށްވެސް ބުންޏެވެ.
އިޒްރޭލުން އޮކްޓޯބަރު 2023 އިން ފެށިގެން ޣާޒާއަށް ދެމުންދިޔަ ހަމަލާތަކުގައިވެސް އެންމެ ބޮޑަށް ބޭނުންކުރީ އެމެރިކާ އިން އުފައްދާ ހަތިޔާރެވެ. އެ ހަނގުރާމައިގައި އާންމުންގެ ގިނަ ބަޔަކު ޝަހީދު ކުރަމުންދާތީ ގައުމުތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޖޯ ބައިޑެން ވަނީ އިޒްރޭލަށް ފޮނުވަން އުޅުނު 2،000 ޕައުންޑުގެ ބޮން ޝިޕްމަންޓެއް ހުއްޓުވައިފަ އެވެ.
ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވުމަށްފަހު ވަނީ އެ ޝިޕްމަންޓް އިޒްރޭލަށް ފޮނުވުމުގެ ހުއްދަ ދީފަ އެވެ.




8 Comments
ގުޅުންހުރި
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ހަމަލާތަކަކަށްފަހު އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހައްޔަރުކޮށްގެން ގެންގޮސްފި