ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި ކަނދުރުގެ ތެރެއިން ހއ. އުލިގަމުގައި ބަހަން ސަރުކާރުން ފޮނުވި ކަދުރު ގެންދާނެ ބަޔަކު ނުވެގެން ދެވަނަ ފަހަރަށް މިއަދު އިއުލާންކޮށްފި އެވެ.
އުލިގަމު ކައުންސިލުން މިއަދު ވަނީ، ކަދުރު ބެހުމަށް ކުރިން ކުރި އިއުލާނާ ގުޅިގެން ގިނަ ގެތަކުން ކަދުރު ގެންގޮސްފައި ނުވާތީ، ބާކީ ހުރި 13 ޕެކެޓް ކަދުރު ބެހުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފަ އެވެ.
އެ އިއުލާނުގައި ކައުންސިލުން ވަނީ ކަދުރު ބޭނުންވާ ކޮންމެ ގެއަކުން އެކަކު، މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އާ ދެމެދުގައި، އައިޑީކާޑާއި ކަރަންޓު މީޓަރުގެ ނަންބަރު ކަށަވަރު ކުރެވޭނެ ލިޔުމެއް ހިފައިގެން ކައުންސިލް އިދާރާއަށް ދިއުމަށް އެދިފަ އެވެ.
ކަދުރު ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، މީހުން ދިރިއުޅޭ ގޭގޭގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއްގެ މަގުން، 13 ޕެކެޓް ކަދުރު ހުސްވަންދެން ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ސައުދީން މި އަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރި އިރު، އިސްލާމިކް މިނިސްޓްރީން އުލިގަމަށް ބެހުމަށް ފޮނުވީ 18 ޕެކެޓު ކަދުރެވެ.

8 Comments
ގުޅުންހުރި
ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރައިފި
މައްކާ ރޫޓްގައި ރާއްޖެ ހިމެނުމުން އެނގެނީ ދެ ގައުމުގެ ދެމެދު އޮތް
މިދިޔަ އަހަރު ކިޔާފައިވާ ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
ރޯދައިގެ ފުރަތަމަ 20: ޒަކާތަށް 7.6 މިލިއަން ރުފިޔާ، މިދިޔަ އަހަރަށްވުރެ