ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރަންވީ ސައުދީ އަރަބިއްޔާގައި ކަމަށް ވިދާޅުވެ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުގެ ޓީވީ ޗެނަލަކަށް ނަތަންޔާހޫ ބަސްދީގަތުމެއް ދެމުން ދަނިކޮށް އެ ޕްރޮގުރާމް ހުށަހެޅި ފަރާތަށް އަނގައޮޅި ފަލަސްތީނުގެ ދައުލަތޭ ބުނަން އުޅުމުގެ ތެރޭގައި ބުނެވުނީ ސައުދީ ދައުލަތެވެ. އޭނާއަށް އެހެން ބުނެވުމުން ނަތަންޔާހޫ ވަނީ ރަނގަޅު ގޮތަކީ ފަލަސްޠީނުގެ ދައުލަތް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ބުނަން އުޅުނީ ސައުދީގައި ފަލަސްތީނުގެ ދައުލަތް ގާއިމް ކުރާ ވާހަކަތޯ އަހައި ސައުދީއަކީ ބިންބޮޑު ގައުމެއް ކަމަށް ނަތަންޔާހޫ ވަނީ ފާހަގަކުރައްވައިފަ އެވެ.
ނަތަންޔާހޫގެ އެ ވާހަކަތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސައުދީގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ގޮވާލާފައިވާ ގޮވާލުން ކުށްވެރިކުރާ ކަމަށެވެ. ފޮރިން މިނިސްޓްރީން ުނީ
ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ފުރިހަމަ އެއްބާރުލުން ދޭ ކަމަށާއި، ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި، ސަލާމަތާއި، ސަރަހައްދީ ގައުމިއްޔަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށެވެ.
ނަތަންޔާހޫގެ އެފަދަ ވާހަކަތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ. ގެ ޗާޓަރާ ހިލާފު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އޭގެ ވެރިރަށް ކަމުގައި ބަލައިގެން، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނު ރައްޔިތުންނަށް ލިބިދޭ ހައްގުތަކަށް ފުރިހަމަ ތާއީދުކުރާ ކަމަށެވެ. އަދި މި ކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުއިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ ވާހަކަތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކުރެވޭ މަސައްކަތެއް ކަމައް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ބާރު ލިބޭ ދުވަހަކުން އެމްޑީޕީން އިޒްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާނެ: ފަލާހު
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި
ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރަން އިޒްރޭލުން އުޅޭތީ އެކަން ރާއްޖެއިން ކުށްވެރިކޮށްފި
ޝަހީދުކޮށްލި ނޫސްވެރިޔާގެ ފަހު މެސެޖު: ފަލަސްތީން މިނިވަން ވަންދެން، އަހަރެމެންގެ ވާހަކަ