ސްޓެލްކޯ ޓަވަރެއްގެ 12 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައި ހުންނަ ސްޓެލްކޯގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، އެ މީހާ ވެއްޓުނީ ސްޓެލްކޯ ސީ ޓަވަރުގެ 12 ވަނަ ބުރިން، އެ ޓަވަރުގެ ބިތްދޮށްފަޅިއަށް ކަމަށެވެ. އެ ފަޅިއަކީ ޕާކުތައް ޕާކުކޮށްފައި އޮންނަ ފަޅި އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ހ. ގިނިރާހި އާގެ، އިބްރާހިމް ޝަރަފް، 31 އަހަރެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ، އޭނާ ވެއްޓުނީ ކިހިނެތް ވެގެން ކަމެއް ފުލުހުން އަދި ނުބުނެ އެވެ.