ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނިކޮށް، ކައިވެނި ރަޖިސްޓްރީ ނުކުރާ މައްސަލަތައް މިހާރު އިތުރުވަމުންދާ ކަމަށެވެ. އެގޮތަށް ކައިވެނި ކޯޓުގައި ރަޖިސްޓްރީ ނުކުރާ ނަމަ ހިތާމަވެރި ކަމެއް ނުކުމެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފެމިލީ ކޯޓުގައި މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އެ އަންހެން މީހާ ފުރަތަމަ ކައިވެނި ކުރީ ރާއްޖެއިން ބޭރުގައި ކަމަށާއި އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެ ގޮތް ނުވުމުން އެ އަންހެން މީހާ އަމިއްލައަށް އެ ކައިވެނިން ދުރުވެފައި ކަމަށް މައުސޫމް ވިދާޅުވި އެވެ.
ފުރަތަމަ ކައިވެނިން ދުރުވުމަށްފަހު އަނެއްކާވެސް ރާއްޖެއިން ބޭރަށް ގޮސް ތަފާތު ދެ ފަހަރެއްގެ މަތިން ދެ ކައިވެނި އެ އަންހެން މީހާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ އެ އަންހެން މީހާ ދެވަނަ ކައިވެނި ރަޖިސްޓްރީ ކުރުމަށް ކޯޓަށް ހުށަހެޅިއިރު ފުރަތަމަ ކައިވެނީގެ ލިޔުންތައްވެސް ކޯޓުގައި ހުރި ކަމަށާއި އެކަން ކޯޓުން ބަލަައި ގޮތެއް ނުނިމެނީސް އެ އަންހެން މީހާ ތިންވަނަ ކައިވެންޏެއް ކުރި ކަމަށެވެ. އެފަދަ ގޮތަކަށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދާ ނަމަ ނަސަބު އޮޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެއްސަކު ރާއްޖެއިން ބޭރުގައި ކައިވެނި ކުރާނަމަ ހުއްދަ ނަގަންޖެހޭ ގޮތަށް އޮތް ނަމަވެސް ހުއްދަ ނުނަގާ ކުރާ ކައިވެނިތައް އިތުރުވަމުންދާ ކަމަށްވެސް މައުސޫމް ވިދާޅުވި އެވެ.

ގުޅުންހުރި
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން
މަޖިލިސް މި ހިންގަނީ ވަރަށް ރަނގަޅަށް، ރައްޔިތުން ބޭނުންވާ ގޮތަށް: ފަލާހު
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ނުކުޅެދުންތެރި މީހުންނާ މެދު ސަރުކާރުން އިހުމާލުވާ މައްސަލަ ބަލާކަށް މަޖިލީހުން ބޭނުމެއް
ބާރު ލިބޭ ދުވަހަކުން އެމްޑީޕީން އިޒްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާނެ: ފަލާހު
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި