ސްޓެލްކޯގެ އެޕްލިކޭޝަން ޑައުންވީ ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާތަކެއްގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބެހުމަށް ބޭނުން ކުރެވޭނެ ”ރޯދަ ހަދިޔާ ޕޯޓަލް“ ލޯންޗުކުރީ މިއަދު އިރުއޮއްސި 6:00ގަ އެވެ. ނަމަވެސް އެ ވަގުތާ ދިމާކޮށް އެ ޕޯޓަލްގައި ބޭނުން ކުރަންޖެހޭ ސްޓެލްކޯގެ މޯބައިލް އެޕް ޑައުންވި އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ގައުމުތަކުން ޑީޑޮސް ހަމަލާއެއް އަމާޒުވުމުން ކަމަށެވެ.
”އެ ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު އެ ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ހިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައި. މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދެން،“ ސްޓެލްކޯ އިން ބުންޏެވެ.
އޮންލައިން ޓޮކެންއަށް މަސްދަޅު ދޫކުރާ ގޮތަށް ސަރުކާރުން ހެދީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ކިއުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ބޮޑުވުމުންނެވެ.




ގުޅުންހުރި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
ޔާމީންގެ ޖަލްސާއަށް ކަރަންޓް ނުދީފާނެތީ އަމިއްލައަށް ކަރަންޓު ދޭން ޖަނަރޭޓަރެއް ބަހައްޓައިފި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ، ޖުމުލަ އަދަދު
ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ