މާރޗް 4, 2025

އަޔާދީ ތަކާފުލްއަށް 11: ހައްޖާއި އުމްރާވެރިންގެ އިންޝުއަރެންސް ޕްލޭނުން 50% ގެ ޑިސްކައުންޓެއް!

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ އެންމެ މަގުބޫލު އެއް ހިދުމަތް ކަމުގައިވާ ”ހައްޖު އަދި އުމްރާ ތަކާފުލް“ގެ އަގުން 50 ޕަސެންޓަށްވުރެ ބޮޑު ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

ހައްޖާއި އުމްރާގެ އަޅުކަމުގެ ދަތުރުމަތީގައި ދިމާވެދާނެ ސިއްހީ އަދި މާލީ ގެއްލުން ލިބޭ ހާލަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ހައްޖު ތަކާފުލް ކުރިން ވިއްކީ 750 ރުފިޔާއަށެވެ. އުމްރާ ތަކާފުލް ވިއްކީ 550 ރުފިޔާއަށެވެ.

އަޔާދީ ތަކާފުލް އިން ގެނައި ބަދަލާއެކު މިހާރު ކޮންމެ ހައްޖު އަދި އުމްރާވެރިއަކަށްވެސް 300 ރުފިޔާއަށް އެ ޕްލޭން ގަނެވޭނެ އެވެ.

އަޔާދީ ތަކާފުލް އިން ބުނީ، ވޭތުވެދިޔަ 11 އަހަރުވެސް ކުންފުނީގެ މައިގަނޑު އަމާޒަކަށްވެފައިވަނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ، އިސްލާމީ ޝަރީއަތާ ރައްޓެހި އިންޝުއަރަންސް ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

މިފަހަރު ގެނައި ބަދަލާއެކު ހައްޖު އަދި އުމްރާއަށް ދާ ފަރާތްތަކަށް ޕްލޭން ނެގުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމްތަކެއްވެސް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައްޖާއި އުމްރާވެރިންނަށް ޑޮލަރު ދޫކުރަމުންދާ، ސަލްމާން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ އިން ހައްޖާއި އުމްރާއަށް ހާއްސަ ތަކާފުލް ޕްލޭންގެ މައުލޫމާތު ސާފުކޮށް، ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

އެ ހިދުމަތް ލިބޭނެ ގަޑިތަކަކީ މިއަދު 2:00 އަށެވެ. އެއަށްފަހު 13 މާރިޗުގެ ނިޔަލަށް ހެނދުނު 9:00 އިން 11:30 އަށް އެ ހިދުމަތް ލިބޭނެ އެވެ.

އޭގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް މައި އެލައިޑް ޕޯޓަލާއި https://myallied.mv/hajj-umrah/hajj-umrah-takaful އެލައިޑް އެޕް މެދުވެރިކޮށް ވަގުތުން މިޕްލޭން ގަނެވޭނެ އެވެ.